ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ، މިއީ ލާމަރުކަޒީ ނިޒާމު ބަލިކަށިކުރުމުގެ ބޭނުމުގައި ސަރުކާރުން މެންބަރު ހަންނާނު މެދުވެރިކޮށް ހުށަހެޅުއްވި ބިލެއް ކަމަށް ތުހުމަތުކުރައްވައި، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.
މައުރޫފުގެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވަމުން ފަލާހު ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ކޮންމެ މެންބަރަކަށްވެސް ބިލު ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި މިނިވަން މެންބަރަކު އިސްވެ ހުށަހެޅުއްވި ކަމެއް ސަރުކާރުގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ނިންމެވީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ.
މި އިސްލާހާ ގުޅިގެން ކައުންސިލަރުންނާއި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މިގޮތުން، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ އީ-ޕެޓިޝަނެއްގައި މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ ކައުންސިލަރުންގެ ބާރުތައް ހަނިކޮށް، ވަޒީރުންގެ މަޖިލީހަށް ނުފޫޒު ފޯރުވޭ ގޮތަށް ލާމަރުކަޒީ ނިޒާމުގެ އަސްލާ ހިލާފަށް ހުށަހަޅާފައިވާ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު