2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވޭއިރު، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމުގެ މަސައްކަތުގައި ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީ ވެރިކަމަށް އައުމަށްވުރެ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ހުންނެވުން އަދިވެސް އަދި އަބަދުވެސް އެމަނިކުފާނަށް އިޚްތިޔާރު ކުރައްވަން ފަސޭހަވާނެ ކަމަށެވެ.
އެ ވާހަކަފުޅާ ގުޅިގެން ފަލާޙް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީންގެ ތާއީދު އޮންނާނީ ރައީސް މުޢިއްޒަށް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ، ރައީސް ޔާމީން އަނެއްކާވެސް ޖަލަށް ބަދަލުކޮށް އަނިޔާވެރިވާނެކަން އެމަނިކުފާނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އަޅާ ކިޔާ ނަމަ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށެވެ.
"އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫސްކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫސްކުރާނީ މުއިއްޒު،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މީގެ ކުރިން ވިދާޅުވީ ރައީސް މުޢިއްޒާއި ދެމެދު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށެވެ. އަދި ރައީސް މުޢިއްޒު އެމަނިކުފާނަށް އަނިޔާވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު