ޑޮލަރުގެ އަގު ބްލެކް މާކެޓުގައި މަތިވި ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްނޫން ކަމަށާއި، ރަސްމީ އެކްސްޗޭންޖް ރޭޓް 25 ރުފިޔާއަށް ބަދަލުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް "ފޭކް ނިއުސް" ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ބޭއްވި "އިޤްތިޞާދުގެ ދެފަރާތް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުގެ ރޭޓް 25 ރުފިޔާއަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ސިޔާސީ ބޭނުމެއްގައި، މާކެޓް ކްރޭޝްކޮށް މުޖުތަމަޢު ބައިބައިކޮށްލުމަށް ފަތުރާ ދޮގު ޚަބަރުތަކެއް ކަމަށެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ ރަސްމީ އެކްސްޗޭންޖް ރޭޓް ބަދަލުކުރުމުގެ އިޚްތިޔާރު އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށާއި، ބީއެމްއެލްއިން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުންވެސް އެފަދަ ނިންމުމެއް ނިންމަން ނޫޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށްގެން މާކެޓަށް ނެރުމުގެ ސަބަބުން، ރާއްޖެއަށް ލިބޭ ޑޮލަރުގެ އާމްދަނީއާއި މާކެޓުގައި ހުރި ރުފިޔާގެ އަދަދު ނުބައްދަލުވެ، ރުފިޔާގެ އަގު ދަށްވާން މެދުވެރިވި ކަމަށް ސަޢީދު ވިދާޅުވިއެވެ.މި ސަރުކާރުން އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑެތި ދަރަނިތައް ދައްކައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްްގެންދަނީ އިތުރަށް ފައިސާ ޗާޕްނުކޮށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް ނާންނަނަމަ، މާކެޓް މަޑުމަޑުން ސެޓެލްވެ ހަމައަކަށް އެޅެމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބްލެކް މާކެޓުގައި ޤަޞްދުގައި ޑޮލަރުގެ އަގު މަތިކުރަން އެކުރާ މަސައްކަތް ކޮންމެ ފަރާތަކުން ކުރި ކަމުގައި ވިޔަސް އެކަން ނުކުރެއްވުމަށް އެދެން. ސަރުކާރުން މިދަނީ ރައްޔިތުންގެ ބެނެފިޓަށްޓަކައި ހާލަތު ރަނގަޅުކުރަމުން." އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވަމުންދާނަމަ 10 ބިލިއަން ޑޮލަރުގެ އިންޑަސްޓްރިއަލް މަސައްކަތްތައް ރާއްޖޭގައި ކުރިއަށް ނުދާނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ރަނގަޅު މަގަށް މިޞްރާބުކުރުމަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރު ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅައިފައި ވީނަމަވެސްކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކާއި ސޯޝަލް މީޑިއާގެ އެކި ގްރޫޕްތަކުގެ މައުލޫމާތަށް ބަލާއިރު، މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 22 ރުފިޔާއަށްވުރެ މަތީގައެވެ.
ފާއިތުވި ދެ އަހަރާ ބައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، 17 ރުފިޔާއިން ފެށިގެން މެދުނުކެނޑި އުފުލެމުން އައި ޑޮލަރުގެ އަގު މިހާރު މިވަނީ ތާރީޚީ ގޮތުން އެންމެ މަތީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު