ޤައުމެއްގެ ޙަޤީޤީ ވެރިއެއްގެ ޤާބިލުކަން ވަޒަންކުރެވެނީ، ސިޔާސީގޮތުން އަންނާނެ ގޮންޖެހުންތަކާއި ފާޑުކިޔުންތަކަށް ބެލުމެއްނެތި، ދުރުރާސްތާގައި މުޅި ޤައުމަށާއި އަންނަން އޮތް ޖީލުތަކަށް އެންމެ ފައިދާހުރި ހިތްވަރުގަދަ ނިންމެވުންތައް ނިންމަވަން ކެރުނު މިންވަރަކުންނެވެ. ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލުގައި ވޭތުވެދިޔަ އެކި ދައުރުތަކުގައި، ވޯޓާއި ސިޔާސީ މަޤްބޫލުކަން ގެއްލިދާނެތީ އެކި ރައީސުން ނިންމަވަން ފަސްޖެހިވަޑައިގެންނެވި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިވަނީ ތާރީޚީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނަންގަވާފައިވާ އިޤްތިޞާދީ، އިޖުތިމާއީ އަދި ސިއްޙީ ނިންމެވުންތަކަކީ ވަގުތީ ސިޔާސީ މަންފާއަކަށް އިސްކަންދެއްވުމުގެ ބަދަލުގައި، ޤައުމުގެ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި ނިންމެވި ނިންމެވުންތަކެކެވެ.
1. ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތްކުރުން: ވޭޕް މަނާކުރުމާއި "ޖެނެރޭޝަނަލް ބޭން"
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރައީސް މުޢިއްޒު ވަނީ އިލެކްޓްރޯނިކް ސިގެރޭޓް (ވޭޕް) އެތެރެކުރުމާއި ބޭނުންކުރުން އެއްކޮށް މަނާކުރައްވާފައެވެ. މީގެއިތުރުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ މީހުންނާއި، ދެން އުފަންވާނެ އެންމެހައި ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ބާވަތްތައް ގަތުން މަނާކުރަން ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ތާރީޚީ ނިންމެވުމާ ގުޅޭގޮތުން ޒުވާނުންގެ ޤައުމީ އެވޯޑް މީގެ ކުރިން ލިބިފައިވާ ޒުވާނެއް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، މިއީ ރާއްޖޭގެ މުސްތަޤްބަލަށް ކުރެވުނު ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
ރާއްޖޭގައި ދުންފަތާއި ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމެވި ހިތްވަރުގަދަ ނިންމެވުމަކީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށާއި މުޅި މުޖުތަމަޢުގެ ސިއްޙީ ހާލަތު މަތީ ދަރަޖައަކަށް އުފުލުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިޖުތިމާޢީ އަދި ސިއްޙީ ދާއިރާގެ ގިނަ ފަރާތްތަކަކުން ސިފަކުރެއެވެ.
މި ނިންމެވުމާ ގުޅޭގޮތުން "ރަސް" އަށް މަޢުލޫމާތު ދެއްވަމުން، އަމިއްލަ ކުންފުންޏެއްގެ މެނޭޖަރެއްގެ މަޤާމު އަދާކުރާ ބެލެނިވެރިޔާ މަރިޔަމް ޝީޒާ ބުނީ ވޭޕަކީ ކުޑަކުދިންގެ ސިއްޙަތު ހަލާކުކޮށް، ނުބައި އާދަތަކަށް މަގުފަހިކުރާ އެއްޗަކަށްވާތީ، މިއީ ކުދިންގެ މުސްތަޤްބަލާމެދު ކަންބޮޑުވާ ކޮންމެ ބެލެނިވެރިއަކަށްވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ވިޔަފާރިވެރިންގެ ނުފޫޒަށް ނުބަލައި، ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަމަށް އިސްކަންދީގެން ނިންމެވި މި ނިންމެވުމަކީ މުޅި މުޖުތަމަޢުގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ޒުވާނުންގެ ޙައްޤުތަކުގައި މަސައްކަތްކުރާ 'މޯލްޑިވްސް ޔޫތު މޫވްމަންޓް' ޖަމިއްޔާގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަކީ އަންނަން އޮތް ޖީލުތައް ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށްވާއިރު، 2007 ވަނަ އަހަރުގެ ފަހުން އުފަންވި ޒުވާނުންނަށް ދުންފަތް މަނާކުރުމުން، ދުޅަހެޔޮ ސިއްޙަތެއްގައި ޤައުމަށް ޚިދުމަތްކުރުމުގެ ފުރިހަމަ ފުރުޞަތު އެ ފަރާތްތަކަށް ލިބިގެންދާނެ،" ރަޝީދު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކޮންސަލްޓަންޓް ޑރ. ޢާއިޝަތު ނާޒް ވިދާޅުވި ގޮތުގައި، ދުންފަތާއި ވޭޕް މަނާކުރުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭނެ އެންމެ އުއްމީދީ އިންވެސްޓްމަންޓެވެ. އަދި ދައުލަތުން ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދައަށްވުރެ ބޮޑަށް ރައްޔިތުންގެ ސިއްޙަތު ރައްކާތެރިކުރުމަށް އިސްކަންދިނުމަކީ، ދިގު މުއްދަތުގައި ޤައުމީ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އަންނާނެ ވަރަށް އެދެވޭ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މާލޭގައި ވޭޕް ފިހާރަ އެެއް ހިންގި އާންމު ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހީމް ޒާހިރު ބުނީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައިން މުޅި މުޖުތަމަޢު ދުރުކުރުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެއް ކަމަށެވެ. ރާއްޖެއަކީ އާބާދީ ކުޑަ ޤައުމަކަށްވުމާއެކު، ސަރުކާރުން އެޅުއްވި މި ހިތްވަރުގަދަ ފިޔަވަޅާއެކު އެންމެން އެކީ މަސައްކަތް ކޮށްފިނަމަ، ދުންފަތުގެ ވަބާއިން މުޅި މުޖުތަމަޢު ސަލާމަތްކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް އޭނާ ހާމަކުރިއެވެ.
ރައީސްގެ ތާރިޚީ ފިޔަވަޅުތަކާއި ގުޅިގެން ބައެެއް އާންމު ރައްޔިތުން ވަނީ އެފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ގިނަ މީހުންގެ ތާއިދު މި ފިޔަވަޅުތަކަށް އެބައޮތެވެ. ބައެެއް ރައްޔިތުންގެ ނަޒަރުގައި ރައީސް މުޢިއްޒު ނިއްމެވީ ގަޓު ހުރި ނިއްމުންތަކެކެވެ. އަދި ދުންފަތުން ރާއްޖޭގެ ޒުވާން ޖީލު ސަލާމަތް ކުރުމަށް ރައީސް މުޢިއްޒު މި އެޅުއްވި ފިޔަވަޅުތަކަށް ތާ އަބަދު ގައުމު ޝުކުރުވެރިވާނެ ކަމަށް ބައެއް އެފަރާތްތަކުން ބުނެއެވެ.
ރާއްޖޭގައި ނުރައްކާތެރި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ކަމަށްވާއިރު، ރައީސް މުޢިއްޒު އިސްކަންދެއްވީ ދައުލަތުގެ މާލީ ހޭދައަށްވުރެ ބޮޑަށް ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކޮށްދިނުމަށެވެ.
މިކަމާ ގުޅިގެން ސިއްޙީ ދާއިރާގެ އޮފިޝަލަކު މައުލޫމާތު ދެމުން ބުނީ، މިއީ ރައްޔިތުންގެ ދިރިއުޅުން އުޖާލާވެގެންދާނެ ނިންމެވުމެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް. ރައްޔިތުންގެ ސިއްޙަތު ސަލާމަތް ކުރެވިއްޖެނަމަ، އެއީ އެ ދެވުނީ އެންމެ ބޮޑު އިންވެސްޓްމަންޓް. ދައުލަތުގެ ހޭދައަށްވުރެ ބޮޑަށް ރައްޔިތުންގެ ސިއްޙަތަށް އިސްކަންދިނުމުން، އެމީހުންގެ ދިރިއުޅުން ފާގަތިވެ، ޒުވާނުންނަށް ވަޒީފާ އަދާކުރުމާއި އިޤްތިޞާދީ ގޮތުން ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ،" ސިއްޙީ ދާއިރާގެ މަސައްކަތްތެރިއަކު ބުންޏެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތުގެ މައުލޫމާތުތަކުން ފެންނަން އޮތީ ދުންފަތުގެއިސްތިއުމާލުކުރުމުގެ ސަބަބުން ގައުމުގެ އާންމު ސިއްހަތަށް ނުރައްކާތެރި އަދި އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމެވެ. އެގޮތުން، ބަލިބަލީގައި މަރުވާ މީހުންގެ 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިގެން އުފެދޭ ތަފާތު ނުރައްކާތެރި ބަލިތަކުގައި ޖެހިގެން މަރުވާ މީހުން ކަމަށްވާއިރު، މި ފަދައިން މަރުވާ މީހުންގެ ތެރޭގައި ޒުވާނުންގެ ނިސްބަތް އިންތިހާއަށް ގިނަކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދިރާސާތަކުން ދައްކާ ގޮތުގައި ކުދިން އުމުރުން 18 އަހަރު ފުރޭ ހިސާބުން ދުންފަތުގެ ނުބައި އާދައިގެ ތެރެއަށް ވަދެގެންދާ މިންވަރު އިތުރުވަމުންދިއުމަކީ، މުސްތަގުބަލުގެ ޖީލުގެ ސިއްހީ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
4. އިޤްތިޞާދީ މިނިވަންކަން: ރިސޯޓްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުކުރުން
ޞިއްޙީ ދާއިރާގެ އިތުރުން، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ގޮތަށް ރައީސް މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މިއީ ބޮޑެތި ވިޔަފާރިވެރިންގެ ނުރުހުން އަމާޒުވި ނަމަވެސް، ޤައުމީ ފައިދާއަށްޓަކައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެކެވެ.
ރައީސް މުޙައްމަދު މުޢިއްޒު ނަންގަވަމުން އެގެންދަވަނީ ސިޔާސީގޮތުން އުނދަގޫ، ނަމަވެސް ޤައުމުގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން ނަގަންޖެހޭ ފިޔަވަޅުތަކެކެވެ. އާންމު ރައްޔިތުންގެ ބޮޑު ތާއީދެއް މި ނިންމެވުންތަކަށް ލިބެމުންދަނީ، މިއީ ވަގުތީ އުފަލަކަށްވުރެ ބޮޑަށް އަންނަން އޮތް ޖީލުތަކުގެ ފާގަތިކަމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި ނިންމަވާފައިވާ އިޚްލާޞްތެރި ނިންމެވުންތަކަކަށްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު