ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ސްޓޭޓް ފާމާސްއިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ސްޓޭޓް ފާމާސްއިން ބުނީ، މިއީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި ބައިނަލްއަގުވާމީ ޕާޓްނަޝިޕްގެ ސަބަބުން ކުންފުނީގެ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ކުރިއަށްވުރެ ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓޭޓް ފާމާގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން، މި އާ އެއްބަސްވުމަކީ ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
އެޗްޕީއެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ، އަދި ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް ބޭސް އެކްސްޕޯޓްކުރާ ކުންފުންޏެކެވެ. މީގެ ތެރޭގައި ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާގެ ގައުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު