ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި، އެތަންތަން ކުއްޔަށް ދިނުމާ ބެހޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަން ފަށައި، އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު، މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ސަބް ކޮމިޓީއެއްގެ ގޮތުގައި އިގުތިސޯދީ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.
އިގުތިސޯދީ ކޮމިޓީން ނިންމާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ބިލާ މެދު އާންމުންގެ ހިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އެހެންކަމުން ބިލާ މެދު އެއްވެސް ހިޔާލެއް އޮތް ފަރާތެއްވާނަމަ، މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ ކޮމިޓީގެ އީމެއިލް މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ 1998 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ފަޅުރަށްރަށާބެހޭ ގާނޫނު އުވާލައި، ރަށްތައް އެކި ބޭނުންތަކަށް ކަނޑައެޅުމާއި ކުއްޔަށް ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ.
މި ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަތުރުވެރިކަން، ސިނާއީ މަސައްކަތް، މަސްވެރިކަން، ދަނޑުވެރިކަން، އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަމުގެ އިތުރުން ދައުލަތުގެ ބޭނުންތަކާއި އެހެން ގާނޫނެއްގެ ދަށުން ކަނޑައަޅާ ހާއްސަ ބޭނުންތަކަށްވެސް ރަށްތައް އެކަށައެޅިދާނެއެވެ. ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް ފިޔަވައި އެހެން ކަންކަމަށް ރަށްތައް ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކަނޑައަޅާނީ ޓޫރިޒަމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ރަށްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ، ވިޔަފާރީގެ ބޭނުމަށް ރަށްތައް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ނުވަތަ ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އާންމު އުސޫލުން ރަށްތައް ކުއްޔަށް ދޫކުރާނީ 21 އަހަރަށް ނަމަވެސް، އިންވެސްޓްމަންޓަށް ބަލައި ޖުމްލަ 50 އަހަރާ ހަމައަށް މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ. އަދި ރަށެއް އެކުގައި ކުއްޔަށް ދިނުމުގެ ބަދަލުގައި ރަށުގެ ވަކި ބައެއްވެސް ކުއްޔަށް ދޫކުރެވިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކުލީގެ ގޮތުގައި ނަގާނެ އަދަދުތައްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ސިނާއީ އަދި އިގުތިސޯދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް ދެ ރުފިޔާ ބައި، އަދި އިޖުތިމާއީ ބޭނުންތަކަށް ދެ ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. ފަޅުތައް ކުއްޔަށް ދޫކުރުމުގައި ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކާއި އެކުއާކަލްޗާ ފަދަ ކަންކަމަށް އިސްކަންދޭން ޖެހެއެވެ. މި ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ފަސްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ މާއްދާއެއްވެސް ބިލުގައި ހިމެނެއެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވުމުން މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާބެހޭ ގާނޫނު އުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު