ދިވެހި ޒުވާނުންގެ ހުރި އުންމީދާއި ޖޯޝާމެދު ސުވާލުއުފެއްދުމުގެ ބަދަލުގައި، އެމީހުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމަށް ސީރިއަސްކޮށް ބެލުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ޝާހިދު ވަނީ ދިވެހި ޒުވާނުންގެ ކިބައިގައިވާ ޤާބިލުކަމާއި ހުނަރުވެރިކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހި ޒުވާނުންނަކީ "އުންމީދީ، އީޖާދީ އަދި ޤައުމަށް ޚިދުމަތްކުރުމަށް ތައްޔާރަށް ތިބި ބައެއް" ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރާނެ ރަނގަޅު ވަޒީފާއާއި އެކަށީގެންވާ މަގެއް ނުފެނި ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވަމުން، ޝާހިދު ވިދާޅުވީ ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކުގެ އަސްލަކީ އެމީހުންގެ އުންމީދެއް ނެތުން ނޫން ކަމަށާއި، އެއީ ނިޒާމީ ގޮތުން ހުރި ހުރަސްތައް ކަމަށެވެ.
"ގިނަ ޒުވާނުންތަކަކަށް އެމީހުންގެ މުސްތަޤްބަލް ބައްޓަންކުރާނެ ރަނގަޅު މަގެއް ނުފެނި ދަތިތަކާ ކުރިމަތިލާންޖެހޭނަމަ، އެމީހުންގެ ހުރި އުންމީދާމެދު ސުވާލުއުފެއްދުމުގެ ބަދަލުގައި، އަޅުގަނޑުމެން ބަލަންވީ އެމީހުންނަށް ހުރި ފުރުޞަތުތަކާމެދު ސީރިއަސްކޮށެވެ." ޝާހިދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒުވާނުންނަށް އޮތް އިތުބާރު އާކުރައްވަމުން، އެމްޑީޕީގެ ރައީސް ވަނީ ޤައުމަށް އުޖާލާ މުސްތަޤްބަލެއް ބިނާކޮށްދިނުމުގެ ޤާބިލުކަން ޒުވާނުންގެ ކިބައިގައިވާކަމާމެދު ފުރިހަމަ ޔަޤީންކަން މިއަދުވެސް އޮތްކަން ހާމަކުރައްވާފައެވެ.
"ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހު، އަޅުގަނޑުގެ އިތުބާރު އަދިވެސް އޮތީ އަޅުގަނޑުމެންގެ ޒުވާނުންނާއި، އެމީހުންނަށް އަޅުގަނޑުމެންގެ ޤައުމަށް ބިނާކޮށްދެވޭނެ މުސްތަޤްބަލާމެދުގައެވެ." ޝާހިދު އިތުރަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު