ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެ ފަދަ އެންމެހައި ފިތުނަފަސާދަތަކަށް ހުރަސްއެޅުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ދިވެހިންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ 'ކަނޑުގެބާޒު'ގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީގެ ހަނދާންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ހިތި މާޒީއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކޮންމެ ފަހަރަކުވެސް އެކަމުގެ އަޞްލަކީ ދިވެހި ޤައުމަށް ހެޔޮނޭދޭ، އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތް ކަމަށެވެ. އެހެންކަމުން، މިއަދު ދިވެހިން އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް ދެން އިޢާދަވިޔަ ނުދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟" ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައިވެސް ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވާލައްވާފައެވެ. އަދި މި ފަޚުރުވެރި ޤައުމީ ދުވަހުގެ މުބާރަކްބާދު އެންމެހައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް، ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުން ރާއްޖެ މިނިވަންކޮށްދެއްވި ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު