ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އުސޫލެއް އެޗްޕީއޭއިން މިއަދު އާންމުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި މި އުސޫލުގެ ދަށުން، ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު ޖުމލަ ތިން މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތައް މެދުވެރިކޮށް، މުޖުތަމައުގެ ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމާއި ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ބާރުއެޅުމެވެ. މިގޮތުން ދޫކުރާ އެހީތައް ތިން ގިންތިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ގިންތިއަކީ ވަކި ރަށަކަށް ނުވަތަ ވަކި މުޖުތަމައަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެވެ. މި ގިންތީގެ ދަށުން 75،000 ރުފިޔާއާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ. ދެވަނަ ގިންތީގައި ހިމެނެނީ މުޅި ރާއްޖެއަށް ފައިދާކުރާނެ ފަދަ މަސައްކަތްތައް ކުރާ ފަރާތްތަކެވެ. އެފަދަ މަޝްރޫއުތަކަށް އެއް ލައްކަ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އެހީއެއް ލިބޭނެއެވެ. ތިންވަނަ ގިންތި އަމާޒުކޮށްފައިވަނީ އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ތިން ލައްކަ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އެހީއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ޖަމިއްޔާތަކުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އިދާރީ ހަރަދުތަކަށް ބޭނުންކުރެވޭނީ ހުށަހަޅާ ޖުމލަ އަދަދުގެ 20 އިންސައްތައެވެ. މި އެހީއަށް އެދި ހުށަހަޅާ ޖަމިއްޔާތަކަކީ މަދުވެގެން 12 މަސްދުވަހު ހަރަކާތްތެރިވެފައިވާ ޖަމިއްޔާތަކަކަށް ވާންޖެހެއެވެ. އަދި އެ ޖަމިއްޔާއަކީ ދުންފަތުގެ ވިޔަފާރިކުރާ ނުވަތަ އެފަދަ ވިޔަފާރިއަކާ އެއްވެސް ގުޅުމެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އެހީ ދޭނެ ފަރާތްތައް ކަނޑައަޅާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ ހާއްސަ ކޮމިޓީއަކުންނެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިތުރުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)، ޔޫތު އެޑްވައިޒަރީ ބޯޑު، ހޯމް މިނިސްޓްރީ އަދި ޕަބްލިކް ހެލްތު ފަންޑުގެ މެންބަރުން ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު