ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި ޓެކްސް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި އޮންލައިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގޭނެ ގާނޫނީ އުސޫލުތައް ކަނޑައެޅުމެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ދާއިމީ ވިޔަފާރި ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނުމާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދޭތާ 3 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ތައްޔާރުކުރުން ލާޒިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ އޮފްޝޯ ވިޔަފާރިތަކުން ރާއްޖޭގައި ޚިދުމަތް ދިނުމުގައި އަގު ނަގާނެ ގޮތުގެ ތަފުސީލުތައް ހިމެނުމަށް ބިލްގައިބަޔާންކޮށްފައިވެއެވެ.މި ބިލާއެކު ހުށަހަޅާފައިވާ ކޯސްޓް އެސްޓިމޭޓަށް ބަލާއިރު، މި ނިޒާމު ގާއިމުކުރުމަށް ދައުލަތުން އެއްފަހަރާ ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވެއެވެ.
އޮފްޝޯ ޕްލެޓްފޯމުތައް މީރާގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަން ފަށާނީ، އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ. މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން، ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު