އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، އެ ޤައުމުގެ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށް މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ޚާއްޞަކޮށް މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރެއްވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ އިންޑޮނޭޝިއާގެ ރައްޔިތުންނާއެކު ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މިހާދިސާގައި ގެއްލުންވި މީހުން ސަލާމަތްކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ޚިދުމަތް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ ސިއްޙަތާއި ސަލާމަތްކަން މިންވަރުކުރެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރެއްވިއެވެ.
ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަށް ދެ ބިންހެލުމެއް އައިސްފައިވާއިރު އެދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 7.7 އެވެ. މި ބިންހެލުމާ ގުޅިގެން އެ ޤައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރު ވެސް ވަނީ ނެރެފައެވެ. ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކުރި ގޮތުގައި، ދެވަނައަށް އައި ބިންހެލުމުގެ ބާރުމިނަކީ 6.9 އެވެ. މިއީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިން އައި ބިންހެލުމެކެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން 126 ކިލޯމީޓަރު ދުރުގައިވާ ޕެމަތަންގްސިއަންތާރ އަށެވެ. މި ހާދިސާގައި މިހާތަނަށް 38 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު