މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރެއްވި ޒިޔާރަތަށްފަހު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ގައުމިއްޔަތާއި ތާރީޚުގެ މުހިންމުކަމާ ގުޅޭގޮތުން އިބުރަތްތެރި މެސެޖެއް ހިއްސާކުރައްވައިފިއެވެ.
ސަފީރު ސިފަކުރެއްވި ގޮތުގައި އުތީމަށް ކުރެއްވި މި ދަތުރުފުޅަކީ ނުހަނު އުފާވެރި އަދި މާނަފުން ނަތީޖާތަކެއް ހާސިލުވެގެންދިޔަ ދަތުރުފުޅެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ އެއްބައިވަންތަކަމާއި ބަދަހި ގުޅުމުގެ އަސްލަކީ އެ ބައެއްގެ މާޒީއާއި ތާރީޚާމެދު ރައްޔިތުންގެ މެދުގައި އޮންނަ އެއްބަސްވެވޭ ވިސްނުމެވެ.
އެގޮތުން، ގައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވި އަބްޠާލުންގެ ޒިކުރާއާއި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ހަނދާންތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމަކީ ރައްޔިތުން އެއް އާއިލާއެއްގެ ގޮތުގައި ގުޅުވައިދޭ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 20 ވަނަ ޤަރުނުގައި ކަޅު ނަސްލުގެ މީހުންގެ ޙައްގުތަކަށް ވަކާލާތު ކުރެއްވި ޖެމެއިކާގެ މަޝްހޫރު ލީޑަރު މާކަސް ގާވީގެ ވިސްނުންފުޅަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އަމިއްލަ މާޒީއާއި ސަޤާފަތް ނޭނގޭ ބަޔަކު ވައްތަރުވާނީ މޫތައް ބުރިވެފައިވާ ގަހަކާ ކަމަށެވެ.
އަދި ތާރީޚީ ތައުލީމުގެ ސަބަބުން ގައުމީ ވިސްނުން ބައްޓަންވެ، އަންނަން އޮތް ޖީލުތަކަށް އިޖުތިމާޢީ ތަރިކަ ފޯރުކޮށްދިނުމުގެ ބާރު ލިބިގެންދާނެކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ މެސެޖާއެކު ހިއްސާކުރެއްވީ އުތީމުގައި އަލަށް ބިނާކުރެވުނު "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ގެ ފޮޓޯއެކެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުތީމަށް ޒިޔާރަތްކުރައްވައި، އަލްޣާޒީ މުހައްމަދު ތަކުރުފާނު އަޢުޒަމްގެ ގައުމީ ޖިހާދުގެ ތާރީޚު ދައްކުވައިދޭ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި "ވާހަކަ ވައު" ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

A shared understanding of history binds a nation together. As Marcus Garvey once observed, “A people without the knowledge of their past history, origin and culture is like a tree without roots.” History education passes down collective memory, forges national identity and… pic.twitter.com/kYyHurrYBS
— Ambassador Kong Xianhua (@China_Amb_Mdv) August 15, 2026
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ އެއްބައިވަންތަކަމާއި ބަދަހި ގުޅުމުގެ އަސްލަކީ އެ ބައެއްގެ މާޒީއާއި ތާރީޚާމެދު ރައްޔިތުންގެ މެދުގައި އޮންނަ އެއްބަސްވެވޭ ވިސްނުމެވެ.
އެގޮތުން، ގައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވި އަބްޠާލުންގެ ޒިކުރާއާއި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ހަނދާންތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމަކީ ރައްޔިތުން އެއް އާއިލާއެއްގެ ގޮތުގައި ގުޅުވައިދޭ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 20 ވަނަ ޤަރުނުގައި ކަޅު ނަސްލުގެ މީހުންގެ ޙައްގުތަކަށް ވަކާލާތު ކުރެއްވި ޖެމެއިކާގެ މަޝްހޫރު ލީޑަރު މާކަސް ގާވީގެ ވިސްނުންފުޅަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އަމިއްލަ މާޒީއާއި ސަޤާފަތް ނޭނގޭ ބަޔަކު ވައްތަރުވާނީ މޫތައް ބުރިވެފައިވާ ގަހަކާ ކަމަށެވެ.
އަދި ތާރީޚީ ތައުލީމުގެ ސަބަބުން ގައުމީ ވިސްނުން ބައްޓަންވެ، އަންނަން އޮތް ޖީލުތަކަށް އިޖުތިމާޢީ ތަރިކަ ފޯރުކޮށްދިނުމުގެ ބާރު ލިބިގެންދާނެކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ މެސެޖާއެކު ހިއްސާކުރެއްވީ އުތީމުގައި އަލަށް ބިނާކުރެވުނު "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ގެ ފޮޓޯއެކެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުތީމަށް ޒިޔާރަތްކުރައްވައި، އަލްޣާޒީ މުހައްމަދު ތަކުރުފާނު އަޢުޒަމްގެ ގައުމީ ޖިހާދުގެ ތާރީޚު ދައްކުވައިދޭ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި "ވާހަކަ ވައު" ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު