ސްރީލަންކާ
ސްރީލަންކާ
ކޮލަމްބޯގެ ގޯލްފޭސް ގޮނޑުދޮށަށް، ކާކުކަން ދެނެގަނެވިފައިނުވާ ފިރިހެނެއްގެ ހަށިގަނޑު ލައްގާފައިވާ ކަމަށް ސްރީލަންކާގެ ފުލުހުން ހާމަކޮށްފިއެވެ.

ފޯޓް ޕޮލިހަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހަށިގަނޑު ފެނިފައިވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން ބުނި ގޮތުގައި، ހަށިގަނޑު ވަރަށް ބޮޑަށް ބަދަލުވެފައި އޮތުމުގެ ސަބަބުން އެއީ ކާކުކަން ދެނެގަތުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި މިހާތަނަށް އެއީ ކާކުކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. މި މީހާ ފެނުނުއިރު ލައިގެން ހުރީ ފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓަކާއި ސޯޓެކެވެ.

މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް، ހަށިގަނޑު މިހާރު ވަނީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ މޯޗަރީއަށް ބަދަލުކޮށްފައެވެ.

މަރުވެފައިވާ މީހާގެ ވަނަވަރު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފޯޓް ޕޮލިހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު