މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަންސަތައް އިފުތިތާޙުކޮށްދެއްވާފައިވަނީ މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޚާއްޞަ އިފުތިތާޙީ ރަސްމިއްޔާތުގައެވެ. އެގޮތުން، އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް' އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ.
އެމް.ޕީ.ބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. އެ ބޭންކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ އަދި އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ.
އެ ބޭންކުން ހާމަކުރައްވާ ގޮތުގައި، އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެންނެވެ. އަދި ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ބޭންކުގެ މައިގަނޑު އަމާޒެވެ.
މިރޭ ބޭއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކު (އެމް.އެމް.އޭ)ގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމް.ޕީ.ބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އެމް.ޕީ.ބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު