ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އެ ތަކެތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 15 އަށް ހަމަވިިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމު ހިމެނެއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ދައުލަތުގެ މީޑިއާގައި ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ މައުލޫމާތު ސައްހަކުރުމުގެ މަރުހަލާ ކަމަށެވެ.
އެގޮތުން، ކައުންސިލްތަކާއި ދައުލަތުގެ އިދާރާތަކުން ލިބިފައިވާ މައުލޫމާތާއި އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް އުޅޭނަމަ، އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ. އަދި އެފަދަ މައްސަލަތައް އިސްލާހުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
ނާޒިމް ވަނީ އެއްވެސް ފުށުއެރުމެއް އަންގައިފިނަމަ، އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު އިސްލާހުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހުރިހާ މުއާމަލާތެއް ވެސް ކުރިއަށްދާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، ގަވާއިދުން ޕޯޓަލް ޗެކްކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކަށްވުރެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކަންކަމަށް އިމީޑިއަޓްކޮށް އެޓެންޑްވެ، އަވަހަށް ގޮތް ނިންމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓު އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ބުނާ ގޮތުގައި، މި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރެވޭނެއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހިއްކަމުންދާ ރަސްމާލެއިން 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެތަނުން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު