މިއަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމަތަކާއި، ބައިބައިވުންތަކާއި، އިންސާނީ އެކި ކާރިސާތަކުން އަރައިގަތުމަށްޓަކައި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ މަތިވެރި އުނގަންނައިދެއްވުންތަކުން އަގުހުރި އިރުޝާދުތަކެއް ލިބިގެންދާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސުލްހަމަސަލަސްކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަމާއި، އަދުލުއިންސާފުގެ އިތުރުން އެކަކު އަނެކަކަށް އިޙުތިރާމްކުރުމާ ގުޅޭގޮތުން އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ މިއަދުގެ މުޖުތަމައުތަކަށް ކޮންމެހެން ބޭނުންތެރި އުސޫލުތަކެކެވެ. މީގެއިތުރުން، އިންސާފު ގާއިމުކުރެއްވުމަށާއި، ތަފާތު މުޖުތަމައުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރައްވައި، އިންސާނިއްޔަތުގެ ލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މަތިވެރި މަސައްކަތްޕުޅަކީ މިއަދު އަޅުގަނޑުމެން އެންމެން އިބުރަތް ހާސިލުކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ހަނގުރާމަތަކުގެ ސަބަބުން ކުށެއްނެތް އެތައް އާންމުންނެއްގެ ފުރާނަ ގެއްލި، ބޮޑެތި ވޭންތަކެއް ތަހައްމަލުކުރަންޖެހިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންސާނިއްޔަތުކަމާއި، ރަހުމާއި، އެކުވެރިކަން އިސްކުރުމުގެ މުހިންމުކަން ރަސޫލާގެ މާތް ސީރަތުން ހަނދާންކޮށްދޭކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ތަފާތު ނަސްލުތަކާއި ދީންތަކުގެ އަހުލުވެރިން ދިރިއުޅޭ ސްރީލަންކާ ފަދަ ގައުމެއްގެ އިޖުތިމާއީ ބަދަހިކަން ދެމެހެއްޓުމަށްޓަކައި، މި އުސޫލުތައް ހިފެހެއްޓުމަށާއި، އެކަކު އަނެކަކަށް އިހުތިރާމްކޮށް ގައުމީ އެއްބައިވަންތަކަން އާލާކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ އަސަރުކޮށްފައިވާ އެންމެހައި ފަރާތްތަކަށް އަވަސް ސުލްހައާއި އަމާންކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިއަހަރުގެ ގައުމީ މީލާދުންނަބީ އިހުތިފާލުތައް ނެގޮމްބޯގެ އަލް ހިލާލް ނޭޝަނަލް ސްކޫލުގައި ބޭއްވުމަކީ ދީނީ އެއްބައިވަންތަކަމާއި ސުލްހަވެރިކަން ދައްކުވައިދޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވަމުން، ސްރީލަންކާގެ އިތުރުން މުޅި ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ބޮޑުވަޒީރު ވަނީ މި މުނާސަބަތުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު