ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ ރައްކާތެރިކަމާއެކު ބޭނުންކުރަން އޮތް އާންމު ވަސީލަތަކަށް ވީނަމަވެސް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމަކީ މުޅި މުޖުތަމައު ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.
މާލެއާއި ހުޅުމާލެ އަދި ސިނަމާލެ ބްރިޖާއި ހައިވޭ ފަދަ ބޮޑެތި މަގުތަކުގައި ދުވަހުން ދުވަހަށް ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން، މަގުމައްޗަކީ ނިކުންނަން ނުރައްކާތެރި ތަނެއްގެ ގޮތުގައި ގަބޫލުކުރާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުރިހަމަ ޤަވާއިދުތަކާއި އިހުމާލުވުމުގެ ނަތީޖާ
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަކީ އެހާމެ ފުރިހަމަ އަދި ސާފު މާއްދާތަކެއް އެކުލެވޭ އުސޫލުތަކެކެވެ. އުޅަނދުތައް ދުއްވަންޖެހޭ ދިމާލާއި، ޓްރެފިކް ނިޝާންތަކަށް ބޯލެނބުމާއި، އުޅަނދު މަޑުކުރަންޖެހޭ ސަރަހައްދުތަކާއި، ޕާކުކުރުން މަނާ ތަންތަން ވަރަށް ސާފުކޮށް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން، ހިނގާބިނގާވެ އުޅޭ މީހުން މަގު ހުރަސްކުރަންޖެހޭ ތަންތަނާއި، އުޅަނދުފަހަރު ދުއްވަންޖެހޭ އެންމެ މަތީ ސްޕީޑު މިންގަނޑުގެ އިތުރުން އެއް އުޅަނދު އަނެއް އުޅަނދާ ދެމެދު ބަހައްޓަންޖެހޭ ދުރުމިންވެސް އެނގެން އެބައޮތެވެ.

ނަމަވެސް، މިއަދު ދިމާވާ ހުރިހާ މައްސަލައެއްގެ އަސްލަކީ މި ފުރިހަމަ ގަވާއިދުތަކަށް ފަރުވާކުޑަކޮށް، ގަވާއިދުތަކަށް އިހުމާލުވުމެވެ.
ފަރުދީ ޒިންމާދާރުކަން ކުޑަވުމާއި ނުރައްކާތެރި އާދަތައް
މި މުހިންމު ގަވާއިދުތަކަށް މީހުން ބޯނުލަނބައި، ބޮލާލައިޖަހާ މައިގަނޑު ސަބަބަކީ ފަރުދީ ޒިންމާދާރުކަން ކުޑަވުމާއި، އަވަސް އަރުވާލައިގެން ދިއުމުގެ ނުރައްކާތެރި އާދައެވެ. އަދި އަމިއްލަ އެދުމާއި ފަސޭހައަށް އިސްކަންދީ، މަގު ބޭނުންކުރާ އެހެން މީހުންގެ ސަލާމަތަށް ވިސްނާނުލެވުމެވެ. ގަވާއިދަކީ ހަމައެކަނި ފޮތެއްގައި ލިޔެފައި އޮންނަ އެއްޗަކަށް ހަދައި ފަރުޖައްސާލެވޭކަށް ނެތެވެ.
މިއަދު ފެންނަމުންދާ ހަގީގަތަކީ ފުލުހަކު ނެތް ނަމަ، މީހުން ހިތުހުރި ގޮތަކަށް މަގު ބޭނުންކޮށް، ނުރައްކާތެރިކޮށް އުޅަނދު ދުއްވަމުންދާ މަންޒަރެވެ.
އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް
މަގުމަތީގެ ގަވާއިދުތަކަށް އިހުމާލުވުމުގެ ސަބަބުން ލިބެމުންދަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެވެ.
އަގުހުރި އެތައް ފުރާނައެއް ވަކިވެދާއިރު، ކުށެއްނެތް ކުޑަކުދިންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން މުޅި އުމުރަށް ނުކުޅެދޭ ހާލަތަށް ވެއްޓެއެވެ. ފަހަކަށް އައިސް ހުޅުމާލެ ވިނަރެސް ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި 9 އަހަރުގެ ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި، މަސްތުގެ ހާލަތުގައި ހުރެ ދުއްވި ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލި ހާދިސާ ފަދަ ކަންކަމަކީ މި ނުރައްކަލުގެ ބޮޑުމިން އަންގައިދޭ ހެކިތަކެކެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން އާއިލާތަކަށް ލިބޭ ހިތާމައާއި މާލީ ބޮޑެތި ގެއްލުންތަކަކީ އަގެއް އަދާކޮށްގެން އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ.

ހައްލަކީ އަމިއްލަ އުޅުމަށް ބަދަލު ގެނައުން
ޚުލާޞާކޮށް ދަންނަވާނަމަ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ހެދިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.
މަގުތައް މަތީ ކިތަންމެ ވަރަކަށް ސްޕީޑް ބްރޭކަރު ހަރުކުރެވި، ކެމެރާތަކާއި ފުލުހުން މަގުތަކަށް ނެރެވުނު ކަމުގައިވީ ނަމަވެސް، ހަގީގީ މާނައިގައި މަގުމަތީގެ އަމާންކަން ގާއިމުކުރުމުގެ ބާރު އޮތީ އާންމު ފަރުދުންގެ އަމިއްލަ އަތްމަތީގައެވެ.
ގަވާއިދުތަކަށް އިހުމާލުވުން ހުއްޓާލައި، ކޮންމެ މީހަކީވެސް މަގުމަތީގެ އަދަބުތަކަށް އިހުތިރާމްކުރާ ޒިންމާދާރު ރައްޔިތަކަށް ވެގެން މެނުވީ މި ހިތާމަވެރި ހާދިސާތަކަށް ނިމުމެއް ނުގެނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު