ރ. އިންނަމާދޫ އަދި ހއ. މާރަންދޫގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި މަޝްރޫއުތަކަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށާއި، ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން ރ. އިންނަމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. ޖުމްލަ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 2.28 ހެކްޓަރުގެ ސަރަހައްދެއް ބެކްފިލް ކުރުމާއި، 939 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބްރޭކްވޯޓަރެއް ގާއިމުކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތައް ނިމުމުން އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު