ދިވެހިރާއްޖޭގައި މަސައްކަތްކުރެއްވި ބޭރުގެ ފުރަތަމަ އެކްރެޑިޓެޑް ނޫސްވެރިޔާ އަދި އިޖުތިމާއީ އެންތްރޮޕޮލޮޖިސްޓް ޑރ. އެލިޒަބެތު ކޯލްޓަން ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް މުނާސަބަތު ފާހަގަކޮށްފިއެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ 5 ސެޕްޓެމްބަރު 1976 ގައެވެ.
ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (އެލްއެސްއީ) އިން އިޖުތިމާއީ އެންތްރޮޕޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވުމަށްޓަކައި ހައްދަވަންޖެހޭ އެތުނޯގްރަފިކް ފީލްޑްވޯކްގެ ދަށުން އެލިޒަބެތު ރާއްޖެ ވަޑައިގެންނެވީ، އެ ދުވަސްވަރު ރާއްޖޭގައި އަލަށް ފެށެމުންދިޔަ ފަތުރުވެރިކަމުގެ ސަބަބުން ދިވެހި މުޖުތަމައަށް ކުރަމުންދިޔަ އަސަރުތައް ދިރާސާކުރެއްވުމަށެވެ. އެއީ ޓެލެކޮމިއުނިކޭޝަނާއި، ޓީވީގެ ޚިދުމަތާއި، ޖެޓް މަތިންދާބޯޓުތައް ރާއްޖޭގައި ނެތް، އަދި އިންޖީނުނުލާ ރިޔާދޯނިފަހަރުގައި ދަތުރުފަތުރުކުރި، ދިވެހިންގެ ރީތި އާދަކާދަތަކާއި އަގުތަކަށް އިހުތިރާމުކުރަމުންދިޔަ ހިތްގައިމު ދުވަސްވަރެކެވެ.
އޭގެ ފަހުން 1978 ވަނަ އަހަރު، ރާއްޖޭގައި މަސައްކަތްކުރެއްވި ބޭރުގެ ފުރަތަމަ އެކްރެޑިޓެޑް ނޫސްވެރިޔާގެ ހައިސިއްޔަތުން މުހިންމު ދައުރެއް އަދާކުރައްވަން ފެއްޓެވުމާއެކު، އޭނާ ވަނީ ރާއްޖޭގެ ޚަބަރުތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެސްދެއްވާފައެވެ. އެ ދުވަސްވަރުގެ ދިވެހި އަދި އިނގިރޭސި ނޫސްތަކުގައި އޭނާ ސިފަކޮށްފައިވަނީ "ކުޑަކުޑަ ދިވެހިރާއްޖެ ދުނިޔޭގެ ޗާޓަށް ނެރެދިނުމަށް އެހީތެރިވެދެއްވި ނޫސްވެރިޔާ" ގެ ގޮތުގައެވެ.
ރާއްޖެއާއެކު އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވާލައްވަމުން އެލިޒަބެތު ވިދާޅުވީ، ދިވެހިރާއްޖެއާއި އޭނާގެ ހަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތްތައް ޝާއިއުކުރުމަށް އެހީތެރިވެދޭނެ ފަރާތެއް ނުވަތަ ޕަބްލިޝަރެއް ލިބޭނެކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަކީ އޭނާގެ ހަޔާތުގައި އަބަދުވެސް ވަރަށް ޚާއްޞަ ލޯތްބަކާއި މަގާމެއް ދެވިފައިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު