މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަގުމަތީގެ ސަލާމަތާއި ޓްރެފިކް ޤަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތަކީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ މެދުގައި ރައްކާތެރިކަމާއެކު ދުއްވުމުގެ ރަނގަޅު އާދަތައް އަށަގެންނެވުމަށާއި، މަގުމަތީގައި ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ. މީގެ އިތުރުން ޓްރެފިކް ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ޒިންމާދާރު ގޮތެއްގައި މަގު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަންގައި ވަނީ އަލިއަޅުވާލާފައެވެ.
ފުލުހުންގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ސެޝަންގައި، އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކާއި، މަގުމަތީގެ އަޚްލާޤާއި، ޤަވާއިދާ ޚިލާފުވުމުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ރައްކާތެރިކަމުގެ ހަރުދަނާ ސަގާފަތެއް ބިނާކުރުމަކީ އެ ކުންފުނިން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.
އެ ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، މަގުމަތީގެ އަމާންކަން ކަށަވަރު ކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ކުރާ ކޮންމެ ދަތުރަކީވެސް އެންމެންނަށް ރައްކާތެރި، އަމާން ދަތުރަކަށް ހެދުމަށް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު