މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުގަދަވި ވަގުތެއްގައި ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް މިރޭ ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ޓަގު ބޯޓު ފުރަތަމަ އޮޔާދިޔައީ މާލޭ އުތުރު ފަރާތު ކާނިވަލް ސަރަހައްދާ ދިމާލުން ބްރިޖާ ދިމާއަށެވެ. އަދި ބާރު އޮއިވަރާއި ވައިގެ ސަބަބުން ބޯޓު ކޮންޓްރޯލް ނުކުރެވި ގޮސް، ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރުނު މަންޒަރު އެ ވީޑިއޯތަކުން ސާފުކޮށް ފެނެއެވެ.
މިރެއަކީ މާލެ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް އާދަޔާ ޚިލާފަށް ގަދަ ރެއެކެވެ. ބެލެވޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ގަދަ ވަޔާއި އޮއިވަރުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މި ހާދިސާގައި ބްރިޖުގެ ތަނބަށާއި އެ ބޯޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އެއްވެސް އިދާރާއަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފުން މިހާރު ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު