މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ މައްސަލައެއްގައި ދެ ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މީގެތެރެއިން ފުރަތަމަ މައްސަލާގައި މަސްތުވާތަކެތީގެ ގިނަ ރެކޯޑްތަކެއް އޮންނަ ވ. ފެލިދޫ / އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިން ޢުމުރަށް ޖަލަށް ލުމަށް ޙުކުމް އިއްވާފައިވަނީ 10 ސެޕްޓެންބަރު 2021 ދުވަހު މާލޭ މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިންދައި ފުލުހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ފައިކުރި ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކުރި ނަމަވެސް، މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ނިންމެވީ ފުލުހުންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ފެނުނީ އޭނާގެ ހަގީގީ ހިޔާޒަތުގެ ތެރެއިން އޭނާއަށް އެނގިހުރެ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން 4 ގްރާމަށްވުރެ ގިނައިން ޑައިމޯފިން ހުރުމުން އެއީ ޓްރެފިކްކުރުން ކަމަށް ބެލެވޭތީ، ދައުލަތުން ކުރި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން ވަނީ ސާޖިދު އުމުރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އަދި މި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރަން އަންގާފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، ސާޖިދު ތަންފީޛު ކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި 21 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އޭގެއިތުރުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގަތް މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން، ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފް 100،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު 25 އަހަރަށް ޖަލަށްލުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ މުވައްޒަފުން ތިބޭ އަދި މެއިންޓަނަންސް މަސައްކަތްކުރާ އިމާރާތެއްގެ ތެރެއިންނެވެ. ޝަރީފްއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހޮޅިއަކާއި، އެ ސަރަހައްދުން ފެނުނު ކިރާ ކައްޓާއަކުން ފެނުނު އޭނާގެ ފިންގަޕްރިންޓް ހިމެނެއެވެ. މަސްތުވާތަކެތި ފެނުނު ސަރަހައްދަކީ ގިނަ ބަޔަކު ވަދެނުކުމެ އުޅޭ ތަނެއް ކަމުގައިވިޔަސް، ހެކިންގެ ބަހުން އެއީ ޝަރީފް ވެސް ވަދެއުޅޭ ތަނެއްކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. ހަމައެހެންމެ، ޑްރަގް އަޅާފައި ހުރި ފުޅިތަކާ އެއްގޮތް ބްރޭންޑެއްގެ ފުޅިތަކެއް ފިހާރައަކުން އޭނާ ގަންނަ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅިއެވެ.
ނަމަވެސް އެ ސަރަހައްދުގެ އެހެން ތަންތަނުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވައިދޭނެ އިތުރު ހެކި ނެތްކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ކޯޓުން އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު އަދަބުން، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 6 މަހާއި 22 ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ވެސް ވަނީ އަންގާފައެވެ.
މި މައްސަލައިގައި ޝަރީފްއާ އެކު ދެން ހައްޔަރުކުރި ގއ. ކޮލަމާފުށީ ކަރަންކާވިލާ، އަފްޞަލް ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާއާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު