މާލޭގެ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގޭސް ލީކުވުމުގެ ހާދިސާއެއްގައި މަރުވި ގއ. ވިލިނގިއްޔަށް އުފަން ޒާހިދާ ތައުފީގު، 51، ގެ ޕޯސްޓްމޯޓަމް ނުހަދައި، އޭނާގެ ހަށިގަނޑު އާއިލާއާ މިއަދު ހަވާލުކޮށްފިއެވެ.
މާލޭގެ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރުއެވެ. އެ ހާދިސާގައި އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒާހިދާ އޮތީ މަރުވެފައެވެ. މަރުގެ ތަހުގީގު ކުރިއަށްދާތީ އޭނާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒާހިދާގެ ޕޯސްޓްމޯޓަމް ނުހަދައި މިއަދު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ޕޯސްޓްމޯޓަމް ނުހަދަން ނިންމި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި ދެން އަނިޔާވި ޒާހިދާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު