ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކޮށް، އިތުރަށް ހާސިލްކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެމަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ސަފީރުކަމަށް ޢައްޔަންކުރައްވާފައިވާ އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި، ދިފާޢީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު