އިންޑޮނޭޝިއާގެ ފަސިންޖަރުންގެ ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
243 މީހުންނާއެކު ސުރަބާޔާ އިން ބަންޖަރްމަސިން އަށް ދަތުރު ކުރަނިކޮށް ގެއްލުނު އެ ބޯޓާއި ގުޅުން ވަނީ ކެނޑިފައެވެ.
"ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ ބޯޓާ އޮތް މުއާސަލާތީ ގުޅުން ކެނޑި، އެ ބޯޓު ހޯދުމުގެ ބާރު އޮޕަރޭޝަނެއް އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ވަނީ ފަށާފައެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގުޅުން ކެނޑުނު މި ބޯޓު އޮތް ތަނެއް އަދިވެސް ދެނެގަނެވިފައި ނުވި ނަމަވެސް، އެންމެ ފަހުން ގުޅުން ގާއިމުކުރެވުނު ސަރަހައްދަށް ރެސްކިއު ޓީމުތައް މިހާރު ވަނީ ފޮނުވާފައެވެ.
17،000 އަށް ވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާގައި ވައިގެ މަގަށްވުރެ ކަނޑުމަގުން ދަތުރުކުރުމުގެ އަގު ހެޔޮވެފައި ފަސޭހަވުމުން، ދަތުރުފަތުރަށް އެންމެ ބޮޑަށް ބަރޯސާވަނީ މިފަދަ ފެރީތަކަށެވެ.
ނަމަވެސް، ކަނޑުދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި ތަންފީޒު ނުކުރެވޭތީ، އެ ގައުމުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާ މިންވަރު ނިސްބަތުން އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު