ދަރިފުޅު ނިންދަވާފައި ބޭއްވި ވަގުތު ކަރަންޓު ކެނޑިއްޖެ ކަމަށް ވިދާޅުވެ ޕީޖީ ޝަމީމްގެ ހިތުގެ އުދާސްތައް ސްޓެލްކޯއަށް ބަންޑުން ކޮށްލައްވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ކުރަށްވާފައިވާ ޓްވީޓެއްގައި، މީގެ ކުރީގެ ހުކުރުދުވަހުވެސް އުޅުއްވީ ވަރަށް ޙާލުގައި ކަމަށާއި، މިއަދު ކަރަންޓް ލިބެން ކިހާއިރެއް ވާނެތޯ ސުވާލު ކުރަށްވާފައި ވެއެވެ.
"ދަރިފުޅު ނިންދަވާފަ ހަމަ ބޭއްވީ، އެދިޔައީ ކަރަންޓު." ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެންވޭރު ސަހަރާ ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮަށް ވީ އެންމެ އަަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެޑުމާއި ގުޅިގެން ގޭގޭގައި ގެންގުޅޭ ކަރަންޓް ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ނުލިބި ގިނަ އިރުތަކެއް ވުމުން ގިނަ ބައެއްގެ ފާޑުއިއުން ސްޓެލްކޯއަށް އަމާޒުވިއެވެ.

ދަރިފުޅު ނިންދަވާފަ ހަމަ ބޭއްވީ، އެދިޔައީ ކަރަންޓު. @STELCOMALDIVES ކިހާ އިރެއް ވާނެތޯ މިއަދު؟ ކުރިން ހުކުރު ދުވަހަކުވެސް ހާދަ ހާލެއްގައި އުޅުނީމޭ. 😢
— Hussain Shameem (@HuShameem) October 31, 2020
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެންވޭރު ސަހަރާ ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮަށް ވީ އެންމެ އަަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެންވޭރު ސަހަރާހުންނަ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައި. އެ މައްސަލަ ހައްލުކޮަށް ވީއެންމެ އަަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.
— STELCO (@STELCOMALDIVES) October 31, 2020
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެޑުމާއި ގުޅިގެން ގޭގޭގައި ގެންގުޅޭ ކަރަންޓް ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ނުލިބި ގިނަ އިރުތަކެއް ވުމުން ގިނަ ބައެއްގެ ފާޑުއިއުން ސްޓެލްކޯއަށް އަމާޒުވިއެވެ.
ކިޔުންތެރިންގެ ހިޔާލު