މިދިޔަ ހުކުރު ދުވަހު އޭގަން ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 27 މީހަކު މަރުވެފައިވާކަމަށް، ތުރުކީގެ އިޒްމީރް ސިޓީގެ އިދާރާތަކުން ހާމަކޮށްފިއެވެ.
އޭގަން ކަނޑަށް އެރި ބާރުގަދަ ބިންހެލުމުގައި ތުރުކީ އަދި ގްރީސް އަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު، މިހާތަނަށް ޖުމްލަ 27 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ތުރުކީގެ 25 މީހަކާއި، ގްރީސްގެ 2 ޒުވާނަކު ހިމެނެއެވެ.
މި ބިންހެލުމުގެ ސަބަބުން ތުރުކީގެ އިޒްމީރް ސިޓީގެ 20 އިމާރާތެއް ބިމާ ހަމަވެފައިވާކަމަށްވެސް ތުރުކީގެ އިޒްމީރް ސިޓީގެ މޭޔަރ ހާމަކޮށްފައިވެއެވެ. ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ ހިނގާދިޔަ މިހާދިސާގައި މިހާތަނަށް، ތުރުކީގެ 804 މީހަކު ވަނީ ޒަޚަމްތަކަކާއި އެކު ސަލާމަތް ކުރެވިފައެވެ.
މި ހާދިސާ އާއި ގުޅިގެން ތުރުކީ އަދި ގްރީސްގެ އިސްވެރިންވަނީ ދެގައުމުގެ ރައްޔިތުންނަށް ތައުޒިޔާގެ މެސެޖު ފޮނުއްވާފައެވެ. އަދި މިފަދަ ހާދިސާތަކުގައި ދެގައުމުގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮސް ގުޅިގެން މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް ދެގައުމުގެ އިސްވެރިންވަނީ އެއްބަސް ވެފައެވެ.
ޚަބަރުތައް ބުނާގޮތުން ހުކުރު ދުވަހު ރާއްޖެ ގަޑިން ހަވީރު 4:50 ހާއިރު އޭގަން ކަނޑަށް އައި ބިން ހެލުމަކީ، ރެކްޓަރ މިންގަނޑުން 7.0ގެ ބާރު މިނުގައި އައި ބާރުގަދަ ބިން ހެލުމެކެވެ. އޭގަން ކަނޑައަށް އައި މިބިންހެލުމުގެ ސަބަބުން، ތުރުކީ ކައިރީގައި އޮންނަ ގްރީސްގެ ވެރިރަށް އެތެންސްއަށާއި ގްރީސްގެ ޖަޒީރާ ރަށެއްކަމަށްވާ ސަމޯސްއަށްވެސް ވަނީ ބިންހެލުމުގެ އަސަރު ކޮށްފައެވެ.
މިބިންހެލުމުގެ ސަބަބުން ދެގައުމަށްވެސް ސުނާމީއެއް އަރާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު