ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޚިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށެވެ. އަދި ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ އަގުހުރި ޚިދުމަތްތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، އެކަން ފެށެނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށެވެ.
ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ފާހަގަކުރައްވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ކަރާމާތާއި، އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ، ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، އަދި ޤައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމުގެ ތެރެއިން މި ބިންގާތައް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ. ހަމައެއާއެކު، ޒުވާނުންނާއި އަންހެނުން އިސްނަގައިގެން ޤައުމަށް ޚިދުމަތްކޮށް، މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިމޮކްރަސީގެ ޢަމަލީ ސިފަ ފެނިގެންދާނީ ޤައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުންނާ، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށެވެ. އަދި އެންމެހައި ޙައްޤުތައް ޙިމާޔަތްކުރެވިފައިވާ، މުއައްސަސާތައް ވަރުގަދަ، އަދި ބާރުތައް ލިބިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު