ކޮވިޑް ޓެސްޓެއް ނުހަދައި ޕާކިސްތާނަށް އެތެރެވުމުގެ ހުއްދަ ބައެއް ގައުމުތަކަށް ދީފިއެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަނުން ނެރެފައިވާ އާގަވާއިދުގައި ވާގޮތުން ދެ ކެޓަގަރީއަކަށް ގައުމުތައް ބަހާލެވިފައިވާއިރު، ކެޓެގަރީ އޭ ގައި ހިމެނޭ ގައުމުތަކުން ޕާކިސްތާނަށް އެތެރެ ވާކަށް ކޮވިޑް ޓެސްޓެއް ހަދާކަށް ނުޖެހޭނެއެވެ. ނަމަވެސް ކެޓެގަރީ ބީ ގައި ހިމެނޭ ގައުމުތަކުން ޕާކިސްތާނަށް އެތެރެ ވުމުގެ 96 ގަޑި އިރު ކުރިން ހަދާފައިވާ ކޮވިޑް ޓެސްޓަކުން ނެގަޓިވް ވެފައިވާ ކަމުގެލިއުން ހުށައަޅަން ޖެހެއެވެ.

ޕާކިސްތާނަށް އެތެރެ ވުމަށް ކޮވިޑް ޓެސްޓެއް ހަދަން ނުޖެހޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ޗައިނާ، ކިއުބާ، އެސްޓޯނިއާ، ޖަޕާން، ގާނާ، ނޯވޭ، ތުރުކީ، ވިއެޓްނާމް، ސައުތު ކޮރެއާ، ނިއުޒިލޭންޑް، އޮސްޓްރޭލިޔާ އަދި ސްރީލަންކާ ހިމެނެއެވެ.

ހުކުރު ދުވަހު ނެރެފައިވާ މިއާގަވާއިދަށް އަމަލު ކުރާނީ ނޮވެމްބަރު މަހުގެ 6 ވަނަދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 އާ ހަމައަށް ކަމަށް ޕާކިސްތާނުގެ ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން