އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ކޮންގްރެސްގައި 986 ކޮންގްރެސްމަނުން ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާޒު ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް 500 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ކަމަށާއި، ރެޖިސްޓްރޭޝަން ނިމޭއިރު އެ އަދަދު އެއްކޮށް ހަމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސަރުކާރުން ކޮންގްރެސް ބޭއްވުމަށް ބޮޑު ތަނެއް ހަމަޖައްސައިދީފައި ނުވާތީއާއި، ހުޅުމާލެ ސެންޓްރަލް ޕާކު ދިނުމަށް އެދުމުންވެސް އެކަން ހަމަޖެހިފައި ނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް، މިފަހަރުގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލުގައި ބޭއްވި ނަމަވެސް، އެމްޑީޕީގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ފަޚުރުވެރިވާފަދަ ފުރިހަމަ ކޮންގްރެސްއެއް ކުރިއަށް ގެންދަވާނެ ކަމަށް ޝިފާޒު މައުލޫމާތު ދެއްވިއެވެ.
އަދި އާންމު މެންބަރުންނަށާއި ޝައުގުވެރިވާ ފަރާތްތަކަށް ކޮންގްރެސްގެ ކަންކަން އަޑުއަހައި ބެލުމުގެ ފުރުސަތު ސިޓީ ކައުންސިލް ހޯލުން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސްގެ ތާވަލަށް ބަލާއިރު، އޮކްޓޫބަރު 1 ވަނަ ދުވަހުގެ ރޭ އިފްތިތާހީ ރަސްމިއްޔާތަށްފަހު، ޖެހިގެން އަންނަ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން ރޭގަނޑާ ހަމައަށް ކުރިއަށްދާނީ އިންވެސްޓްމަންޓް ފޯރަމެކެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް އޮންނާނެއެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމަށާއި، އަސާސީ ގަވާއިދަށް އަންނަ ބަދަލުތައް އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސާފުވެގެންދާނެ ކަމަށް ޝިފާޒު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު