ޑަބްލިއު އެޗް އޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް
ޑަބްލިއު އެޗް އޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް
ޑަބްލިއު އެޗް އޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ކަރަންޓީނުވެ ވަޑައިގެންފިއެވެ.

ޑަބްލިއު އެޗް އޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ކަރަންޓީނުވެވަޑައިގެންނެވިކަން ހާމަކޮށްފައިވަނީ ރޭ ދަންވަރު ކޮށްފައިވާ ޓްވީޓެއްގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ކަރަންޓީނަށް ވަޑައިގެންނެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓް އަކަށް ވެގެންނެވެ.

ޓެޑްރޮސްގެ ހާލު ރަނގަޅު ކަމަށާއި، ޑަބްލިއު އެޗް އޯގެ އުސޫލު ތަކާއި އެއްގޮތަށް ކުރިއަށް އޮތް ދުވަސް ތަކުގައި އެކަހެރިވެ ހުންނަވާނޭކަމަށްވެސް ޓެޑްރޮސް އަދަނޮމް ހާމަކުރައްވާފައިވެއެވެ.

ކޮވިޑްގެ ބަލިމަޑު ކަމުގެތެރޭގައިވެސް ޓެޑްރޮސް އަދަނޮމް ފެނިގެންގޮސްފައިވަނީ އަލިފްދާލުގެ ސިއްހީ ވުޒާރާ ތަކާއެކު އެންމެ އިސްސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

މިގޮތުން ކޮވިޑުން ސަލާމަތްވާން ސިއްހީ މާހިރުން ދެއްވާ އިރުޝާދު ތަކާއި އުސޫލުތަކުގެ މައުލޫމާތު އެކި ގައުމުތަކުގެ ވެރިންނަށް ފޯރުކޮށްދިނުމާއި ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް އެ މައުލޫމާތުތައް ފޯރުކޮށް ދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން ގެންދަވަނީ ވެސް ޓެޑްރޮސް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން