ކްރިމިނަކް ކޯޓު-
ކްރިމިނަކް ކޯޓު-
ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އީތްރާނީ ގަލެ އަދި 47 އަހަރުގެ ނިއްކަ ތަމަންގާ އެވެ. މި ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ސްމަގްލްކުރުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، މި ދެ މީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ހުރުމާ ގުޅިގެން، ޞިއްޙީ ފަރުވާއަށާއި އެ ތަކެތި ބޭރުކުރުމަށް މިވަގުތު ދެ މީހުން ވެސް ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އެހެންކަމުން މިއަދުގެ ބަންދު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އެ ދެ މީހުންގެ ޣައިރު ހާޒިރުގައެވެ.

މި ދެ މީހުން ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ސީދާ އަދަދު އަދި ސާފުނުވި ނަމަވެސް، އެއީ ބޮޑު އަދަދެއްގެ މަސްތުވާތަކެތި ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު