ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މި އަހަރުގެ އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވާ އެންމެހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި އިމްތިހާނުތަކަކީ ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިމްތިހާނުތަކެކެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނުތަކަކީ މަތީ ތައުލީމުގައި ކުރިއަށްދާނެ ދާއިރާތައް ނިންމުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެމަނިކުފާނު ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ އާއިލާތަކުގެ އިތުރުން ސްކޫލުތަކަށްވެސް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އަދި އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބި، ބޮޑު ކާމިޔާބީއެއް ހާސިލުވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ޖުމްލަ 53 ސެންޓަރެއްގައި ކުރިއަށްދާއިރު، މާލޭގެ 4 ސެންޓަރެއްގައި 3،284 ދަރިވަރުން އަދި އަތޮޅުތެރޭގެ 49 ސެންޓަރެއްގައި 1،689 ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް