ކުޑަ ޤައުމަކަށް ވީނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދާދިފަހުން އދ. ގެ ޢާންމު މަޖިލީހުގައި މި މާސްޓަރޕްލޭންގެ ވާހަކަ ހާމަކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ސާބިތު ޢަޒުމް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަންގައިދިނުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ސަރުކާރުތައް ބަދަލުވުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ޤައުމުގެ މިސްރާބު ބަދަލުވުމުގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ދިޔައީ ކުރަމުންނެވެ. އެހެންކަމުން މިކަމަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، މި ޕްލޭނަކީ ސިޔާސީ އޮއިވަރުން އެއްކިބާވެފައިވާ އެއްޗަކަށް ހެދުމަށްޓަކައި ޚާއްޞަ ޤާނޫނެއްގެ ދަށުން ބާރުވެރިކަން ދިނުމަށް މިހާރު ދަނީ ބިލު ޑްރާފްޓްކުރަމުންނެވެ.
މިފަދަ ދުރުރާސްތާގެ ހަރުދަނާ ޕްލޭނެއްގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުއްޓުމެއްނެތި މި ޕްލޭނާ އެއްގޮތަށް ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދެވުމުން، އޭގެ ޙަޤީޤީ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު