ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދީފިނަމަ، އިތުރު ވެރިއަކު އައިސް ތަރައްޤީކުރަން ނުޖެހޭ މިންވަރަށް މި ޤައުމު ތަރައްޤީކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ޙަސަން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ޙަސަން ވިދާޅުވީ، މިހާރުވެސް މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށެވެ. އަދި މިފަދަ ބިޔަ މަޝްރޫޢުތައް އެއްކޮށް ނިންމާލުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، އެ މަޝްރޫޢުތައް ނިމުމުން އޭގެ ފުރިހަމަ މަންފާ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިއްބެ ވިދާޅުވީ، ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ، ރާއްޖޭގެ ކުދިބޮޑު އެންމެހައި ރައްޔިތުން އެކަމާމެދު ފަޚުރުވެރިވާނެ ދުވަހެއް ފެނިގެންދާނެ ކަމަށެވެ. އަދި ޤައުމެއް ތަރައްޤީކުރެވޭނީ ވިސްނުންތޫނު، ޖެހިލުންކުޑަ އަދި ރައްޔިތުންނަށް އޯގާތެރި ވެރިއަކު ހުރެގެން ކަމަށާއި، ޤައުމުގެ އެންމެ ފަހު ބަސް ބުނަން ހަވާލުކުރަނީ ކޮން ފެންވަރެއްގެ، ކޮން ދާއިރާތަކަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ އަދި ކޮންކަހަލަ ޓްރެކް ރެކޯޑެއް އޮތް ބޭފުޅަކަށްތޯ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ޤައުމު އަނދަވަޅަކަށް ވެއްޓުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވަމުން އިއްބެ ވިދާޅުވީ، ހަމައެކަނި ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކަށް ބެލުމުގެ ބަދަލުގައި، ސިކުނޑީގެ ބޭނުން ހިފައި ވިސްނާ ފިކުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ޤައުމަށް އެންމެ ފައިދާހުރި ކަންކަން ކޮށްދިނީ ކޮން ވެރިކަމެއްގައި، ކޮން ފިކުރަކުންތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން އިބްރާހިމް ޙަސަން ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ ދައުރު ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ކަށަވަރުކޮށްދީފިނަމަ، އެ ފަސް އަހަރު ނިމިގެންދާއިރު މި ޤައުމު އޮންނާނީ އިތުރު އެހެން އެއްވެސް ވެރިއަކު އައިސް ތަރައްޤީގެ ކަންކަން ކުރަން ނުޖެހޭ މިންވަރަށް ފުރިހަމައަށް ތަރައްޤީކުރެވިފައި ކަމުގެ ސަތޭކަ އިންސައްތަ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު