މާލޭ ފަތާ ޓްރެކް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށް ނެގި 150،000 ރުފިޔާގެ ތެރެއިން 95،000 ރުފިޔާ ހޯދައި، ވެރިފަރާތަށް ޙަވާލުކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ފަތާ ޓްރެކް ސަރަޙައްދުގައި ހުރި ސައިކަލެއްގެ މަޑިދަށުން ގިނަ ޢަދަދެއްގެ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ދިރާސާކުރުމަށްފަހު، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމުން، ފައިސާ ނެގި ކަމަށް އޭނާ ވަނީ އިޢުތިރާފުވެފައެވެ.
އަދި ވަގަށް ނެގި ފައިސާގެ ތެރެއިން، ތުހުމަތުކުރެވޭ މީހާގެ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ހުރި 55،000 ރުފިޔާ އޭނާ ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން 40،000 ރުފިޔާ ވަނީ އަނބުރާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައެވެ. ނަމަވެސް، ބާކީ ހުރި 55،000 ރުފިޔާ އޭނާ ބޭނުންކޮށްފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު