ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ، އަންނަ އަހަރުގެ މޭ މަހާ ހިސާބަށް އެއްކޮށް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދާރީވުމުގެ މަގުސަދުގައި ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 7 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ "އޮޕަރޭޝަން ކުރަނގީ" ޕްރޮގްރާމްގެ ތަފްސީލު ހާމަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިދޭސީން ރާއްޖޭގައި ކުރާ ވިޔަފާރިތަކާއި ގަވާއިދާ ހިލާފަށް އުޅެމުން އައި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށީ ތިން އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށްވާ "އޮޕަރޭޝަން ކުރަނގީ" އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބެލިފައިވަނީ، 1980ގެ ފަހުން ފެށިގެން 2023 އާ ހިސާބަށް އެއްވެސް ސަރުކާރަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައިނުވާ، ގާތްގަނޑަކަށް 295,000 ބިދޭސީންގެ ރެކޯޑުތަކެވެ. މި ރެކޯޑުތަކުގެ ތެރެއިން 22,000 މީހުން ފިޔަވައި، ބާކީ 270,000 އެއްހާ މީހުންނަކީ އޭރުގެ ދައުލަތަށް ކާކުކަން ދެނެގަންނަން ނޭނގޭ، ބައޯމެޓްރިކްސް ނެތް ބަޔަކު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އޮޕަރޭޝަން ކުރަނގީ" ގެ ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ދެނެގަނެ، އެމީހުން ބައޯމެޓްރިކް އައިޑެންޓިފައި ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގައި ތިބި ގާތްގަނޑަކަށް 263,000 ބިދޭސީންގެ މައުލޫމާތު 100 ޕަސެންޓު ޔަގީންކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރެއިން 95 އިންސައްތަ މީހުންގެ ބައޯމެޓްރިކްސް ނަގާ ނިމިފައިވާއިރު، 4 އިންސައްތަ މީހުން މިވަގުތު ރާއްޖޭގައި ނެތެވެ. ބާކީ ނަގަންޖެހެނީ އެންމެ 1 ޕަސެންޓުގެ މީހުންގެ ބައޯމެޓްރިކްސް އެވެ. މީގެ ސަބަބުން، ކުރިން 90 ޕަސެންޓު އޮޅުންބޮޅުން އަރާފައި އޮތް މައްސަލަ، 1 ޕަސެންޓުގެ ތުރެޝްހޯލްޑަކަށް ތިރިކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި މިހާރު ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށް ތިބި މީހުންނާ ގަވާއިދާ ހިލާފަށް ތިބޭ މީހުން ވަކިކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ވިސާ ފީ ނުދައްކާ އުޅޭ މީހުންނާއި، ވިސާފީ ދައްކާފައިވެސް ހަވާލުކުރެވޭ މަސައްކަތް ނޫން އެހެން ކަންކަމުގައި އުޅޭ މީހުން ހިފާ ހައްޔަރުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިފިޔަ ހަފްތާގައި އއ. ތޮއްޑޫގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 500 އެއްހާ ބިދޭސީންނާ ސުވާލުކޮށްފައިވެއެވެ. މި އޮޕަރޭޝަނުން ފާހަގަކުރެވިފައިވަނީ ތޮއްޑޫއަކީ އާންމުކޮށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ މީހުން އުޅެމުންދިޔަ ތަނެއްކަމެވެ. އޭގެތެރެއިން 107 މީހުން ހައްޔަރަށް ނަގާފައިވާއިރު، އޭގެތެރޭގައި 96 ބަންގްލަދޭޝް މީހުން ހިމެނެއެވެ. މި 107 މީހުންގެ ތެރެއިން 14 މީހަކު ފިޔަވައި އެހެން އެންމެންގެ ބައޯމެޓްރިކްސް ހުރިނަމަވެސް، އެންމެންވެސް ވިސާ ވައިއޮލޭޝަންގައި ތިބި މީހުން ކަމަށްވާތީ، އެމީހުން ރާއްޖެއިން ޑީޕޯޓުކުރެވެމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތްތާ މިގޮތަށް ރާވައިގެން ބިދޭސީ އާބާދީ ބޮޑު ހުރިހާ ދިމާލެއްގައި މިފަދަ އޮޕަރޭޝަންތައް ހިންގާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޓާގެޓަކީ އަންނަ އަހަރުގެ މޭ މަހާ ހިސާބަށް މި އޮޕަރޭޝަން އެއްކޮށް ނިންމާލެވޭއިރު، ރާއްޖޭގެ ބިދޭސީ އާބާދީގެ މައްސަލަ، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ މިންގަނޑަކަށް ހައްލުކުރުމެވެ. މިކަމުގައި 100 ޕަސެންޓު ކާމިޔާބީއެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންގެ ނިވާފައްގަނޑުގައި ތިބެގެން ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު، ބިދޭސީ ކޮންމެ މީހަކު ގެނެސްފައިވާ ފަރާތެއް، އެމީހާ ލައްވާ ކުރުވަން ބުނާ ކަމެއް ނޫން އެހެން ކަމެއް ކުރުމަކީ އިހުމާލެއް ކަމަށް، ވިސާ ވައިއޮލޭޝަނެއްގައި އުޅޭނަމަ އެއީ އިހުމާލެއް ކަމަށް، އަދި މަސައްކަތް ކުރުވާފައި މުސާރަ ނުދިނުމަކީ އިހުމާލެއް ކަމަށް ބެލެވޭނެއެވެ. މިފަދަ ކޮންމެ އިހުމާލަކަށް ނުވަތަ އިހުމާލުވާ ކޮންމެ ބިދޭސީއެއްގެ ބޮލަކަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށާއި، މިކަމުގައި ގާނޫނުގައި އޮންނަ އެންމެ ދުރަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް ހިއުމަން ޓްރެފިކިން އެންގަލަށް ދާ މީހުންނާ ދޭތެރޭ ޖިނާއީ ފިޔަވަޅުވެސް އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަން ހައްލުކުރުމަކީ ހުސްއެކަނި ބިދޭސީންނާ ދޭތެރޭ ފިޔަވަޅު އެޅުމެއް ނޫން ކަމަށާއި، ބިދޭސީން އެކްސްޕްލޮއިޓު ކުރާ ދިވެހިންނާ ދޭތެރޭގައިވެސް ގާނޫނީ ފިޔަވަޅު އެޅިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމާޒަކީ މި އޮޕަރޭޝަންގެ މި އޮޕަރޭޝަން ނިމިގެން ދާއިރު މި ހުރިހާ ކަމަކާ އެއްކޮށް ހައްލުވެގެން ދިއުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު