ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި، ފޮޓޯ: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި، ފޮޓޯ: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުމަތިން ރޭ ދަންވަރުގެ ވަގުތެއްގައި ކަނޑަށް ފުންމާލި ބިދޭސީ ފިރިހެނަކު، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީ

ސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 00:44 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ކަނޑަށް ފުންމާލި މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން ކަނޑުމަތީގައި އޮއްވައެވެ. އަދި ޑައިވަރުން ވަނީ ހުޝިޔާރުކަމާއެކު އޭނާ ސަލާމަތްކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރ ކްރާފްޓް ލޯންޗަށް ނަގާފައެވެ.

މި އޮޕަރޭޝަނަށްފަހު، ސަލާމަތްކުރެވުނު ބިދޭސީ މީހާ މިހާރު ވަނީ އިތުރު ތަޙުޤީޤަށާއި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ. މި ހާދިސާގައި އެ މީހާ ބްރިޖުމަތިން ކަނޑަށް ފުންމާލަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް