މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ވަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވަވަމުން، މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަންފުޅު ތަޅުމަށް ހުށަހަޅުއްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ސ. ހުޅުދޫ، ބަގީޗާގެ، އަޙްމަދު ޝަފްނީޒް އަދި ވ. މިޔަރެސް، އަޙްމަދު މަޢުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނދުގަސްދޮށުގެ، މަރިޔަމް ޖައިދާއެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ، މީގެކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. އަމީޒާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

މި ތިން ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ތަޅުމަށް އިއްވެވުމަށްފަހު، މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް