ހިމަންދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތޮ، ފޮޓޯ: ފުލުހުން
ހިމަންދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތޮ، ފޮޓޯ: ފުލުހުން
ދަތުރުފަތުރުގެ ވަސީލަތްތައް މެދުވެރިކޮށް ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިމަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ މާލެއިން ނުވަތަ އެހެން ރަށަކުން ހިމަންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، އެ ލޯންޗު ހިމަންދޫ ބަނދަރާ ގާތްކުރުމުން ބަލައިފާސްކޮށްފައިވެއެވެ. މިގޮތުން ލޯންޗުގައި ހުރި ފޮށިގަނޑެއް ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 40 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދުމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް