އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ކުރީގައި ވާދަ ކުރާ މިހާރުގެ ރަައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން
އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ކުރީގައި ވާދަ ކުރާ މިހާރުގެ ރަައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން
100 މިލިއަނަށްވުރެއް ގިނަ މީހުން ވޯޓުލި އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި ވޯޓު ގުނަން ފަށާފައިވާއިރު މިއިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރަށްވާނެ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އަންދާޒާ ކުރަން ފަށައިފިއެވެ.

މިހާރު ގުނާނިމިފައިވާ ވޯޓު ފޮށިތަކުން ދައްކާގޮތުން، އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ކުރީގައި ވާދަ ކުރަނީ މިހާރުގެ ރަައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއެވެ.

މިހާތަނަށް ޓްރަމްޕަށް 213 އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރެވިފައިވާއިރު، ޖޯ ބައިޑަން އަށް މިހާތަނަށް 225 އިލެކްޓޯރަލް ވޯޓް ވަނީ ކާމިޔާބު ކުރެވިފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރަން ޖެހޭނެއެވެ.

މިއާއެކު އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް 65،349،472 ވޯޓާއެކު އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ 49.81 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 63،728،089 ވޯޓާއެކު އަދި ކާމިޔާބު ކުރެއްވުނީ 48.58 އިންސައްތަ ވޯޓެވެ.

ވޯޓު ގުނަން ފެށުމާއެކު، ޔަގީން ކަމާއެކު ބޮޑުތަނުން ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމެރިކާގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު 47 ގޮނޑިއާއެކު ސެނެޓްގައި ކުރީގައި އުޅެނީ ރިޕަބްލިކަންސް އެވެ. ބައިޑަން ނިސްބަތް ވެވަޑައިގަންނަނާ ޑިމޮކްރެޓުންނަށް އަދި ލިބިފައިވާ ކަމަށް ދައްކަނީ 46 ގޮނޑިއެވެ. ހައުސްގެ 178 ގޮނޑިއާއެކު ކުރީގައި އުޅެނީ ޑިމޮކްރެޓުންނެވެ. ހައުސްއިން ޑިމޮކްރެޓުންނަށް އަދި ލިބިފައިވަނީ 170 ގޮނޑިއެވެ. އެމެރިކާގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަދުވެގެން 218 ސީޓު ކާމިޔާބު ކުރަން ޖެހޭއިރު، އެންމެ ފަހުގެ ނަތީޖާތަކުން ކުރީގައި އުޅެނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއެވެ.

އިންތިހާބީ ވޯޓުތައް ގުނައި ނުނިމުނަސް ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަން ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ާއަަހުމަދު ދީދީ

05-Nov-2020

ބައިޑަންއަށް ކާމިޔާބެއް އެދެން



ޓްރެންޑިން