ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ތަކުރާރުކޮށް އަންހެނަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ބުނާ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ.
މިފަދަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި މިއަދު ވަނީ މިކަމާ ގުޅޭ ވީޑިއޯއެއް ދައުރުވާން ފަށައިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކަސްރަތަށް ނިކުމެ އުޅުނު އަންހެނަކަށް ބިދޭސީ ފިރިހެނަކު ތަކުރާރުކޮށް ފުރައްސާރަކުރާ ކަމަށް ބުނެ، އެ އަންހެން މީހާ ވަނީ އެ މަންޒަރު ވީޑިއޯކޮށް އާންމުކޮށްފައެވެ.
އަދި އެ ވީޑިއޯގައި އަންހެން މީހާ އެ ބިދޭސީ މީހާއާ ސުވާލުކުރަން ފެށުމުން، އޭނާ އެތަނުން ފިލަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހަމައެކަނި ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު