ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައިސަލް އަދި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އަޒީމަށް ތާއީދުކުރައްވާކަން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

އަސްލަމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ހާއްސަ ޕޯސްޓެއްގައެވެ.

އަސްލަމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ގާއިމުކުރެވިފައިވާ އުމްރާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން، ގައުމީ އިގްތިސާދު އަލުން ހަމަމަގަށް އަޅުވައި ކުރިއެރުވުމުގެ ގާބިލުކަން އެ ދެ ބޭފުޅުންގެ ކިބައިގައި ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ މުހިންމު ތަސައްވުރެއް ކަމަށްވާ އިގްތިސާދީ ގޮތުން ބާރުތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތު އެންމެ ފުރިހަމައަށް ހާސިލުކޮށްދެއްވާނެ ބޭފުޅުންނަކީވެސް އެ ދެ ބޭފުޅުން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް