ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން
ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަދު 11:21 ހާއިރު ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

އެ ހަމަލާގައި ޒަހަމްކޮށްލާފައިވަނީ 22 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާއަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން