އެކަކު އަނެކަކަށް އަޅާލައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "ކޮމިއުނިޓީ ކަލާ ރަން" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު އަޅުގަނޑުމެންގެ ހިތްތަކުގައި ބަހައްޓަންވީ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާކުރަން ހުރީ ތަފާތު، އަދި އަގުހުރި ތަޖުރިބާތަކެއް ކަމަށައި އަދި މިއަދު އަޅުގަނޑުމެން ކޮންމެހެންވެސް އަޑުއަހަން މި ޖެހެނީ މިއަޑުތައްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އަދި އެކަނިވެރިކަމާއި ހިތްދަތިކަމުގައި މިފަދަ ގޮންޖެހުންތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ އަޑު ކަނުލައި އަހައިގެން މެނުވީ، އެ ފަރާތްތަކަށް ބޭނުންވާ ހަގީގީ އެހީތެރިކަމެއް އަޅުގަނޑުމެންނަކަށް ފޯރުކޮށެއް ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެ ހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވުރުތަކާއި ލޭބަލްކުރުންތައް އަޅުގަނޑުމެން އެބަޖެހޭ މުޅިން ފޮހެލަން. އެކަކު އަނެކަކަށް ލޯތްބާއި، އޯގާތެރިކަމާއި، އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ފަރުދީ އަދި ގައުމީ ޒިންމާއެއް." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު