މީހުން އުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމާގުޅޭ ޕްލޭން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު
މީހުން އުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމާގުޅޭ ޕްލޭން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު
މި ދައުރު ނިމުމުގެ ކުރިން މީހުން އުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.

"ފެނާއި ނަރުދަމާގެ ގާނޫނު" ބުނާގޮތުން، އެ ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެއެވެ. އަދި އެކަމަށް ކަނޑައަޅަންޖެހޭ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތިން މަސް ތެރޭގައި އެކުލަވާލަން ޖެހެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭން ތަޢާރަފްކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މި ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި، މިއީ 5 އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ.



މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޙުސައިން ރަޝީދު ވިދާޅުވީ، މިހާތަނަށް 42 ރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވާއިރު 69 ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް 53 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަކީ ރައީސް އިބްރާހީމްގެ އިންތިޚާބީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު


15

މަރިޔަމް

05-Nov-2020

ކުލަ ހުފެން ދައްކާނެ ކަމެއް ނެއް ރައްޔިތުންނައް އިންގޭ މިހާރު ތީ ކޮންބައެއް ކަން


8

ހަސަންބެ

05-Nov-2020

ތިހެން ދަޅަ ދައްކާނެ ކޮންމެ ބަޔަކުވެސް ވެރިކަން ވެއްޓެން އުޅޭ ހެން ހީވެގެން ތިއުޅެނީ


-7

ފާތުން

05-Nov-2020

އެހެންވެގެނޭ ސަރުކާރައް ތާއީދު މި ކުރެވެނީ


3

އަލީ

05-Nov-2020

މި ސަރުކާރަކީ ވައުދުވެ ވައުދުފުއްދާނެ ސަރުކާރެއް


11

އިއްސެ

05-Nov-2020

ރަންގަޅު ވަރައް ބަރާބަރު ބާރައް ކުރިޔައް



ޓްރެންޑިން