އއ. ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާ ހިމެނޭ ގޮތަށް ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ / ފިނިހިޔާ، ޙުސައިން ނިޝާމް (27އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިމަންދޫ ފުލުހުން ތަހުގީގުކުރަމުންދާ، މި މަހުގެ 4ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ހިމަންދޫއަށް އެތެރެކުރި މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މާލެއިން ހިމަންދޫއަށް ދަތުރުކުރާ ލޯންޗެއްގައި ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 7ވަނަ ދުވަހު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަންގައި، އެ ލޯންޗު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ސީރިއަސްކޮށް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު