މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ--
މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ--
ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުއަކީ ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ

ބަނދަރު ފުން ކުރުން – 11,132 ކިއުބިކް މީޓަރު

ބްރޭކްވޯޓަރ – 477 މީޓަރު

ރެވެޓްމަންޓް – 129 މީޓަރު

ކުއޭ ވޯލް – 1 މީޓަރު

މޫދަށް އެރޭ ސަރަހައްދުގެ ބްރޭކްވޯޓަރ – 387 މީޓަރު

މޫދަށް އެރޭ ސަރަހައްދު ކޮނުން – 1,104 ކިއުބިކް މީޓަރު

ޖެޓީ – 198 މީޓަރު * 2 މީޓަރު

ބްރިޖް – 6 މީޓަރު * 2 މީޓަރު



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް