ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅުވައިގެން، އެއްވެސް އަސާސެއް ނެތް އަދި ސާބިތުނުވާ ދޮގު މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިފަދައިން ބަޔާންކޮށްފައިވަނީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަން ދެކޮޅު ހެއްދެވުމުން ސަފީރަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ، ރާއްޖޭގެ އޮންލައިން ނޫހެއްގައި
ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެވެ. އެ މިނިސްޓްރީން ނެރުނު ރަސްމީ ބަޔާނެއްގައި ވަނީ އެ ޚަބަރުގައި ހިމެނޭ ކަންކަމުގެ ހަގީގަތް ސާފުކޮށްދީފައެވެ.
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސަފީރުން މަގާމުތަކަށް އައްޔަނުކުރުމާއި ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ނިންމެވުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާ ޚާއްސަ އިޚްތިޔާރުގެ ދަށުން ނިންމަވާ ނިންމެވުންތަކެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އެ ނޫހުގައި އިޝާރާތްކޮށްފައިވާ ބޭފުޅަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ މަގާމު އަދާކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ ސަފީރެއްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 30 އޮކްޓޯބަރު 2024 ގައި ކަމަށް ވެސް މިނިސްޓްރީން ތަފްސީލުކޮށްދެއްވިއެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ އަޚްލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، ފޮރިން ސާވިސްގެ "ކޯޑް އޮފް ކޮންޑަކްޓް" ގައިވާ ގޮތުން އެ ޚިދުމަތުގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ މަނާކަމެކެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން ނުވަތަ މިނިސްޓްރީން ވެސް އެއްވެސް މުވައްޒަފަކަށް ދުވަހަކުވެސް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ސާފުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު