މި ސަރުކާރަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށް ސާބިތު އަޒުމެއް ކަނޑައަޅައިގެން މަސައްކަތްކުރަމުންދާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
މެންބަރު މުފީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 130 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އަލިއަޅުއްވާލައްވަމުން މުފީދު ވިދާޅުވީ، މިއީ ތަޙުޤީޤީ އިދާރާތަކަށް ރައްޔިތުންގެ މަސްލަހަތު އެންމެ އިސްކޮށް ބަލައިގެން، ރައްކާތެރިކަމާއެކު އެ ފަރާތްތަކުގެ ޒިންމާތައް އަދާކުރެވޭނެކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ހެކިވެރިންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، ހެކި ނައްތާލުން ފަދަ ނުރައްކާތެރި ޢަމަލުތަކުން ދިފާއުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މުފީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ހީނަރުކަން ފާހަގަކޮށް، އެކަމުން ސިޔާސީ ފައިދާ ނަގަން މަސައްކަތް ކުރި ނަމަވެސް، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެން ދިޔައިރުވެސް ރައްޔިތުންގެ ޙައްޤުގައި ޢަމަލީ ޙައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މުފީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދައުލަތުގެ ހައިބަތު ދެމެހެއްޓުމަށާއި، ޢަމަލީ ގޮތުން ޤައުމުގައި ޢަދުލު އިންސާފު ޤާއިމުކުރުމަށް ކަމުގެ ޔަޤީންކަން މަޖިލީހުގެ ތަޅުމުގައި އެންމެހައި މެންބަރުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު